ރަން ކެވެލި ކޮޅެއްގެ ވެރިފަރާތް ހޯދަނީ

ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިރަން ކެވެލިކޮޅަކީ 2019 ޑިސެމްބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައި އެއް ނަންބަރު ފާލަން ކައިރިން ހޮވައިގެން  ގެނެސްފައިވާ ކެވެލިކޮޅެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކެވެލިކޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ކެވެލިކޮޅާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!