ތިމަރަފުށީ ގެއަކުން ވައްކަންކުރި ޒުވާނަކު ހައްޔަރުކޮށްފި

ތިމަރަފުށީ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައިވަނީ ތިމަރަފުށީ ގެއަކުން 3700 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 19:40 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ތިމަރަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެމީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ 2900 ދިވެހި ރުފިޔާ އާއި 78 ޑޮލަރާއި ސްމާޓް ފޯނަކާއި ބަންގްލަދޭޝްގެ ފައިސާތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ތިމަރަފުށީި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!