މާލޭގެ މިސްކިތެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ޝަހީދުއަލީ މިސްކިތުގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 11:24 ހާއިރު، ލޮނުޒިޔާރަތްމަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރެއަށް 83 އަހަރުގެ ދިވެހި ފިރިހެނެއް ވެއްޓިފައި އޮއްވާ ފެނިގެން، އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މި މީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ އެހެން ކަންކަން، ފުލުހުން ބަލަމުން އަންނަކަމުގައި ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!