މިއަހަރު 46000 އަށް ވުރެ ގިނަ ކުދިން ނާސްތާ ޕްރޮގްރާމުގައި ބައިވެރިވި

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމުގައި މި އަހަރު 46،259 ދަރިވަރަކު ބައިވެރިވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި 213 ސްކޫލެއްގެ 46,259 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވިއެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ މިއަހަރުގެ ޖެނުއަރީ މަހުދޭނެ ފެށިއިރު، އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލަކަށެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ މިދިޔަ ޖުލައި މަހުއެވެ.

ކުދިންނަށް ނާސްތާ ދިނުމަށް މި އަހަރުގެ ބަޖެޓުގައި 123 މިލިއަން ރުފިޔާ ހިމެނިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!