ފޯނުތަކެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތިން ފޯނެއްގެ ވެރިފަރާތެއް ހޯދިފައިނުވާތީ މި ފޯނުތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

މިފޯނުތަކަކީ 2019 ޑިސެމްބަރު 14 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތިން ފޯނު ހިފައިގެން އުޅުނު މީހަކު ހުއްޓުވައި އެމީހާގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން ފޯނެވެ.  މިފޯނުތަކަކީ ނޮކިއާ، އޮޕޯ އަދި ކިންގްސްޓަން ބްރޭންޑްގެ ތިން ފޯނެވެ.

މިފޯނުތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޯނުތަކާ ހަވާލުވެލެއްވުން އެފަރާތުން ވަނީ އެދިލައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!