އައްޑޫ ސިޓީ

އައްޑޫ ސިޓީ މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:40 ހާއިރު މި އެކްސިޑެންޓެއް ހިނގާފައިވަނީ މަރަދޫ އިން ހިތަދޫއާ ދިމާލަށް ދުއްވާފައިދިޔަ ޕިކަޕެއް މަރަދޫ “ޖަސްޓް ޓީ” ކެފޭ ކުރިމަތިން ލިންކް ރޯޑުގައި ކުއްލިއަކަށް މަޑުކުރުމުން ފަހަތުން އައި ސައިކަލެއް ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ޕިކަޕު ދުއްވަން އިނީ 40 އަހަރުގެ ފިރިހެނެއް ކަމަށްވާއިރު ސައިކަލު ދުއްވަން އިނީ 35 އަހަރުގެ އަންހެނެކެވެ. މި ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮތްއިރު ސައިކަލުގެ ފަހަތުގައި އިނީ 34 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންގެ ބޮލަށް އެކިވަރުގެ އަނިޔާ ލިބި، އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

މި ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!