މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ތަންކޮޅެއް ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވުމުންނާއި އަދި ކުރިއަށް އޮތް އައު އަހަރަށް ކުށް މަދުކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މާލޭގައި ފަށާފައިވާއިރު މިދިޔަ ހަފްތާގައި ފުލުހުން ވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދޭ ބައެއް ގެތައް ހޯދައި 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

މާލެ ތެރޭގައި ހިންގާ ކުށުގެ އަމަލުތައް އިތުރުވުމުން މީގެކުރިންވެސް ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!