13 އަހަރުގެ ކުއްޖާގެ މައިންބަފައިންގެ ބަންދަށް 10 ދުވަސް

އުމުރުން 13 އަހަރުގައި ކައިވެނި ކުރުމުގެ ނަމުގައި ފިރިހެނަކާ ދަރިފުޅު ހަވާލުކުރި މަންމަ އާއި ބައްޕަގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.


ފުލުހުން ބުނީ އެ އާއިލާއަކީ ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއް ކަމަށެވެ.

ފުލުުހުން މީގެކުރިން ބުނީ އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ އެ މުއައްސަސާއަށް މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުއްޖާގެ މައިންބަފައިންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. ބަންދުގެ މުއްދަތު ޖެހުމަށް ދެމީހުންވެސް ކޯޓަށް ގެންދިޔައީ ވަކިވަކިންނެވެ.

ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރި އަމުރުގައި ބުނެފައިވަނީ އެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޮރުވާފާނެ ކަމަށް ބެލެވޭތީ މި މަހުގެ ނިޔަލަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!