ހުޅުމާލެ ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގެ ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެއްޖެ އެވެ.


އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ. އެ ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައި ވަނީ މިއަދު އިރުއޮއްސި 06:30 ހާއިރެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ރެއިންފޮރެސްޓް ގޭގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!