ޝިކާރާގެ ޓްރެއިލާ އަންނަ މަހުގެ 7 ގައި

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްޅާ 12 އަހަރު ފަހުން ޑައިރެކްޓްކުރި ފުރަތަމަ ހިންދީ ފިލްމު “ޝިކާރާ: ދި އަންޓޯލްޑް ސްޓޯރީ އޮފް ކަޝްމީރީ ޕަންޑިތުސް”ގެ ޓްރެއިލާ އަންނަ މަހުގެ 7 ގައި ދައްކައިލަން ނިންމައި ފިލްމުގެ މޯޝަން ޕޯސްޓަރު އާންމުކޮށްފި އެވެ.

މި ފިލްމަކީ އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފައިވާ ބައެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ.

“ޝިކާރާ” އަންނަ ފެބްރުއަރީ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ނަމަވެސް މިހާތަނަށް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ވިދޫގެ ފިލްމު ކުންފުންޏާއި ފޮކްސް ސްޓާ ސްޓޫޑިއޯސްއާ ގުޅިގެން ގެނެސްދޭ ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޭއާރް ރަހްމާނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!