ހީނާ ޗުއްޓީ އަށް އަނެއްކާ ވެސް ރާއްޖޭ އަތުވެއްޖެ

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.


ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތް ހީނާގެ އޮފިޝަލް އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް އަންނަނީ ހިއްސާކުރަމުންނެވެ.

ހީނާ ވަނީ މިއަހަރުގެ ކުރީކޮޅުވެސް އާއިލާ އާއެކު ރާއްޖެއަށް އައިސްފަ އެވެ. މީގެއިތުރުން މިދިޔަ އަހަރު ފަހުކޮޅު ވެސް ހީނާ ވަނީ އޭނާގެ ލޯބިވެރިޔާ އާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!