ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން މީހަކަށް ބިރުދެއްކި ސިޓީއެއް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން މީހަކަށް ބިރުދައްކައި ފޮނުވާފައިވާ ސިޓީއެއްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ އާންމު ކުރައްވައިފިއެވެ.

މެމްބަރު އިންތި އާންމުކުރެއްވި ސިޓީ އަކީ މައްސަލައެއް މުރާޖާ ކޮށްދެއްވުމަށް އެދި އަމިއްލަ ފަރާތަކުން ހުށައެޅި ސިޓީއެއްގެ ޖަވާބުގައި ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީއެކެވެ. އެ ސިޓީއަކީ ސުޕްރީމް ކޯޓުން މިއަަހަރުގެ ފެބުރުއަރީ 12 ވަނަ ދުވަހު އާންމު ފަރާތަކަށް ފޮނުވި ސިޓީއެކެވެ.

އެ ސިޓީގައި ބުނެފައިވަނީ އެ ފަރާތުން ހުށަހެޅި ޝަކުވާގެ މައްސަލަ އެ ކޯޓުގެ ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން ބެލިއިރު އެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ބެލުމަށްފަހު އެ މައްސަލަ މުރާޖައާ ކުރާނެ ތަނެއް ނެތް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މުރާޖައާ ކުރަން އިތުރަށް ހުށަހަޅައިފިނަމަ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެ ނިންމުން ނިންމީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންކަމަށް ވެސް ބުނެފައިވެއެވެ.

އެ ސިޓީ އާންމުކުރައްވައި އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ސުޕްރީމް “ވަކަރުގެ” އިން މީހުންނަށް ދައްކާފަ ހުރި ބިރު ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!