މެންބަރު ވިސާމް ކައިވެނިބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް (ސަމްޕަތު ވިސާމް) ކައިވެނި ބައްލަވައިގެންފި އެވެ.

ލ.އަތޮޅު ގަމަށް ނިސްބަތްވާ މެންބަރު ވިސާމް ކައިވެނި ބައްލަވައިގެންފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އައިޝަތު ޝާން އާއެވެ. އައިޝަތު ޝާން އަކީ ވިސާމް ކުރިން މަސައްކަތް ކުރެއްވި “ރާއްޖެ ޓީވީ” ގެ މުވައްޒަފެކެވެ.

ވިސާމުގެ ކައިވެނި ހަފްލާ ރޭގެ ވަގުތެއްގައި ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަޑައިގެންފައިވެ އެވެ.

ވިސާމް އަކީ މިހާރު ރައްޔިތުން މަޖިލީހުގައި އިންނެވި އެންމެ ޒުވާން މެންބަރެވެ. އޭނާ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވިއިރު އުމުރުން 24 އަހަރެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!