ޑްރަގާއެކު އީރާނުގެ ބޯޓަކުން ހައްޔަރުކުރި މީހުންނަށް ދައުވާނުކުރަން ނިންމައިފި

އީރާނުގެ ބޯޓެއް ކަމަށްވާ އިސްމާއިލީ ބޯޓުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދައުވާ ނުއުފުލުމަށް ޕްރޮސިކިއުޓާ ޖެނަރަލް ނިންމައިފި އެވެ.

މި އީރާނުގެ ބޯޓު ހިފަހައްޓާފައިވަނީ އދ. މަންދޫ ކައިރިން އޮޔާ ދަނިކޮށެވެ. ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެ ބޯޓު ހަރަކާތްތެރިވާތީ ސިފައިންނާއި ފުލުހުން ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި އެނގިފައިވާ ގޮތުގައި ބޯޓުގައި ތިބި ބައެއް މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އެވެ.

އެ ހަތް މީހުން ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް ގެންދިޔަ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ނިންމީ އެމީހުން ދޫކޮށްލުމަށެވެ. އެގޮތަށް އެ ކޯޓުން ނިންމީ ކަފާލާތުގެ ދަށުން ޖާމިނުވާ ގޮތަށް ޝަރުތުތަކާއެކު ދޫކޮށްލުމަށެވެ.

އެމީހުން ކަފާލާތުގެ ދަށުން ދޫކޮށްލީ ގއ. ވިލިނގިލީ ލައިޓްހައުސް ޝަހީބު އިބްރާހިމް ޖާމިނުވުމުންނެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމި އެވެ. ހައިކޯޓު މިހާރު އޮތީ ޗުއްޓީއަށް ގޮސްފައި ކަމުގައިވީ ނަމަވެސް މައްސަލާގެ ބާވަތުން މިއަދަށް އަޑުއެހުން ތާވަލުކުރި އެވެ.

ނަމަވެސް ހައިކޯޓުން ބުނީ މިހާރު އެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަޑުއެހުން ކެންސަލްކޮށްފައިވަނީ އެ ހަތް މީހުންގެ މައްޗަށް ވެސް ދައުވާ ނުކުރުމަށް މިހާރު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ނިންމަވާފައިވާ ކަމަށް އެ އޮފީހުން އަންގާފައިވާތީ ކަމަށް ހައިކޯޓުން ބުންޏެވެ.

މި މައްސަލާގައި ހިމެނޭ އީރާނުގެ ހަތް މީހުންނަކީ އަމީރު ބުލާޖާދޭ އާއި ހަސަން ޕަރަންދޫޝް އާއި ކަދީރު ދޮރުޒާދީ އާއި ނަބީބަކްސް އާއި ސައީދު މުހައްމަދާއި ސާރާ ބަކްސާއި ޝުއަބު ރައީސީ އެވެ. މި މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.

މި މައްސަލައަކީ މިދިޔަ މަހުގެ ފުރަތަމަ ކޮޅު ފެންމަތިވި މައްސަލައެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!