ވައިކަރަދޫގައި އެކްސިޑެންޓެއްވެ މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެނީ

ހދ. ވައިކަރަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް، ހާލު ސީރިއަސްވުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ދެން އަނިޔާވީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާ އަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭނާ ވެސް އިތުރު ފަރުވާ އަށް ކުޅުދުއްފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ދެ މީހުންގެ އަތުގައި ވެސް ޑްރައިވިން ލައިސަންސެއް ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ވައިކަރަދޫ އަކީ ފުލުހުން ގާއިމުވެ ތިބޭ ރަށެއް ނޫނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!