ގައްދޫ ގެއަކުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ގދ.ގައްދޫ ގައި އުމުރުން ދުވަސްވީ ދެމަފިރިއަކު ދިރިއުޅޭ ގެއަކުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މިއަދު ފަތިހު 5:30 އެހާކަންހާއިރު އޭގެގެ ދޮރު ހަލާލުކޮށްލައިގެން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގެއިން ވަގަށް ނަގާފައި ވަނީ 95،000 ރުފިޔާ އާއި 1000 އެމެރިކާ ޑޮލަރެވެ.

މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!