ރިސޯޓް ތަރައްޤީކުރުމަށް ހދ އަތޮޅުން ތިން ރަށެއް ކަނޑައަޅުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރިސޯޓް ތަރައްޤީކުރުމަށް ހދ އަތޮޅުން ތިން ރަށެއް ކަނޑައަޅުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލަކުން ކައުންސިލަރުން ހިމެނޭ ގޮތަށް ކްރޮސް ރޯޑްގައި ފެށި ވިއަވަތި ރާއްޖެ ސެމިނަރގެ ތެރެއިން ކުރިޔަށްދިޔަ ޝެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެ ދުވަހަށް ކުރިޔަށް މި ސެމިނަރގައި މިއަދުގެ ފުރަތަމަ ޝެޝަންގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ވަނީ އެ އަތޮޅުގައި ޓުއަރިޒަމް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކައުންސިލަރު ފާޅުކުރެއްވި ކަންބޮޑުވުންތަަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހދ އަތޮޅުގައި ތިން ރިސޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ރަށްތައް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި އެ ރަށްތައް ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިއުލާންކޮށް ބީލަމަށް ހުޅުވާލައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހދ. އަތޮޅުގައި މިހާތަނަށް ހުޅުވާފައިވަނީ އެންމެ ރިޒޯޓެކެވެ. އެއީ 2018 ވަނަ އަހަރުގެ މާޗް މަހު ހުޅުވި
ހޮނޑާފުށި އައިލެންޑް ރިސޯޓެވެ. އެއީ 80 ކޮޓަރީގެ 160 އެނދުގެ ރިޒޯޓެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!