އެސްޓީއޯއިން ކުލަ ލައިދިނުމުގެ ހިދުމަތް ފަށައިފި

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ނިޕޯން ޕެއިންޓް ގަތުމުން ގޭގައި ކުލަ ލައިދިނުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.

މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަރ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް މރ. ހެންރީ އަންގ އެވެ.

ކުލަ ލުމުގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ކުލަލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައެވެ. ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަލައިދެނީވެސް އެސްޓީއޯއިންނެވެ.

ކުލަލުމުގެ ހިދުމަތް ދޭއިރު ގޭތެރޭގައި ހުންނަ ސާމާނަށް ގެއްލުން ނުވާނެހެން ކަވަރު ކުރާނެ ކަމަށާއި ކުލަ ލުމަށްފަހު އަލުން ފަރުނީޗަރު އަތުރައިވެސް ދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ކުލަ ލައިދިނުމުގެ ޚިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި “ކަލަރ ސްކީމް” އިޚްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!