ބާރުތައް ހިފަހައްޓައިގެން ތަރައްޤީއެއް ނުގެނެވޭނެ: ރައީސް ނަޝީދު

ހިފަހައްޓައިގެން ލިބޭނެ އެއްވެސް ތަރައްގީއެއް ނެތްކަމަށާއި އެއީ އިންސާނުން ކުރިއަރާނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންބޭނުންވާ ތަރައްޤީ ގެނެވޭނީ ބާރުތައް ދޫކޮށްލައިގެން ކަމަށެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް ވައުދުވީ ރައްތުންގެ ޖީބަށް ބަރުވާގޮތަށް ތަރައްޤީ ގެނައުމަށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރެވޭނީ ލާމަރުކަޒީ ނިމާމެއްގެ ތެރެއިންކަމަށް ރައްޔިތުން ބުނެފައިވާކަމަށާ، އެހެންކަމުން އެނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ހުޅުވާލެވިފައިވާ ތަރައްޤީގެ ނިޒާމެއް މިއަދު ފަހިކޮށްދެވިފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއްދިމާލަކަށް ބާރުތައް ޖަމާކޮށްގެން ހެޔޮ ވެރިކަމެއް ނުކުރެވޭނެކަން މާޒީއަށް ބަލާލުމުން ފެންނާނެ ކަމަށާ އެގޮތަށް ގެނެވޭ ތަރައްޤީއަކީ ދުނިޔެ ޤަބޫލުކުރާ ތަރައްޤިއެއްނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!