ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު، އޭސީސީ އަށް ހާޟިރުވާން އަންގައިފިއެވެ.
ޑީއާރުޕީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އޭސީސީ އަށް ބަޔާން ދިނުމަށް ހާޟިރުވުމަށް ޖާބިރު އަށް އެ ފަރާތުން ގުޅި ކަމަށާއި، ނަމަވެސް އޭސީސީ އަށް ބަޔާން ދިނުމަށް ޖާބިރު ބޭނުންފުޅު ނުވާކަމަށް އޭސީސީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން، އޭސީސީ އަށް ޖާބިރު ހާޟިރުކުރުމަށް ނެރެފައިވާ ޗިޓް ރައްދުކުރުމަށް މިހާރު ގުޅާފައިވާ ކަމަށްވެސް އެ ޓުވީޓުގައި ވަނީ ބުނެފައެވެ
މަޖިލިހުގެ އެކި ޖަލްސާތަކުގައި ޖާބިރު މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ފައިސާ ރައީސް ސޯލިހު ވެސް ޖާބިރު އަތުން ނަންގަވާފައި ކަމަށާއި އަދި ރައީސް ސޯލިހަކީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ފަރާތެއް ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ދިވެހި ރުފިޔާ) ޖަމާކުރި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ ހުށަހަޅާފައެވެ.