ޝަކުންތަލާ ދޭވީ އަންނަ އަހަރުގެ މެއި މަހުގެ 8 ގައި ސިނަމާތަކަށް

ވިދިޔާ ބާލަން ޓައިޓްލް ރޯލް ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ “ޝަކުންތަލާ ދޭވީ” އަންނަ އަހަރުގެ މެއި މަހުގެ 8 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ އަންހެން ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އަނޫ މެނަން ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖިއްޝޫ ސެންގުޕްތާ، ސާނިއާ މަލްއުތުރާ އަދި އަމިތު ސާދު ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!