ފޮޓޯ: ސީއެންއެމް

ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދައަށް އެދުމަށް ހުޅުވާލައިފި

ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ބާ ކައުންސިލުން ހުޅުވާލައިފި އެވެ.


ބާ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ހުއްދައަށް އެދި އޮންލައިން ކޮށް ހުށަހެޅޭނެ ކަމަށްވެސް އެ ޓްވީޓްގައިވެ އެވެ.

ޕަބްލިކް ނޯޓަރީ އަކީ ގާނޫނީ ލިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރު ކުރުމެވެ. އަދި ޕަބްލިކް ނޯޓަރީގެ ގަވާއިދު ބުނާގޮތުން އެކަމުގެ ހުއްދަ ދެވޭނީ ވަކީލު ކަމުގެ ހުއްދަ ލިބޭތާ ތިން އަހަރު ދުވަސް ވުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!