ދުނިޔޭގެ އެންމެ ގަދަ ދިހަ ލަގްޒަރީ ރިސޯޓުގެ ލިސްޓުގައި ރާއްޖޭގެ ތިން ރިސޯޓެއް ހިމެނިއްޖެ

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސް (އެލްޓީއައި) އިން މިދިއަ ދިހަ އަހަރު ކަނޑައެޅި ދުނިޔޭގެ އެންމެ ގަދަ ދިހަ ލަގްޒަރީ ރިސޯޓުގެ ލިސްޓުގައި ރާއްޖޭގެ ތިން ރިސޯޓެއް ހިމެނިއްޖެ އެވެ.

މި ލިސްޓުގައި ހިމެނިފައިވަނީ ޝަވަލް ބްލާންކް ރަންދެލި އާއި ވެލާ ޕްރައިވެޓް އައިލެންޑާއި ސޮނެވާ ޖާނީ އެވެ.

މި ލިސްޓުގައި އެއް ގައުމެއްގެ އެންމެ ގިނަ ރިސޯޓު ނިސްބަތް ވަނީ ރާއްޖެ އަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެސް މި ލިސްޓުގައި ހިމެނިފައިވަނީ ރާއްޖެ އެކަންޏެވެ.

ގަދަ 10 ގައި ހިމެނުނު ރިސޯޓުތައް

1. އަމާން – ޓޯކްޔޯ.

2. ޝެވަލް ބްލަންކް ރަންދެލި – ރާއްޖެ.

3. ކޮކޮމޯ ޕްރައިވެޓް އައިލެންޑް – ފީޖީ.

4. ލަ ރިސާވް – ޕެރިސް

5. ސިކްސް ސެންސަސް ޒިލް ޕެސްޔާން – ސީޝެލްސް.

6. ސޮނެވާ ޖާނީ – ރާއްޖެ.

7. ސޮން ސާ – ކެމްބޯޑިއާ.

8. ކޮރިންތިއާ – ލަންޑަން.

9. ދަ ސީލޯ – ކޭޕް ޓައުން.

10. ވެލާ ޕްރައިވެޓް އައިލެންޑް – ރާއްޖެ.

މިއީ އެލްޓީއައިގެ ޓީމަކުން ހަދާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ލިސްޓެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!