އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލައި، ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ވަނިކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއޭއޭ) އިން ބުނީ އަލުން ފުރުސަތު ހުޅުވާލީ ކުރީގެ ޕްރޮޕޯސަލްތައް ކެންސަލްކުރުމަށް ފަހު ކަމަށެވެ. އަލަށް ހުޅުވާލި ފުރުސަތާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުޅުވަން އޮންނާނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

އޭއޭއޭ އިން ބުނީ ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޮވުމުގައި ތަޖުރިބާ އާއި މާލީ ގާބިލިއްޔަތު ކަމަށް އިސްކަންދޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!