އައްޑޫގައި ބަސް ސްޓޮޕްތަކެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

އައްޑޫސިޓީގެ އެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕްތަކެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މި މަސައްކަތް ބީލަމަށް ހުށަހަޅާފައިވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނެވެ.

ކައުންސިލުން ބުނީ ބިޑް ވިއްކުން އޮންނާނީ މާދަމާ ހެނދުނު 10:00ން ފެށިގެން މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަވަށު އޮފީހުން ކަމަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300 ރުފިޔާ އަށެވެ.

އައްޑޫގައި ބަހުގެ ހިދުމަތް ދެނީ ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!