ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ދެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ދަފްތަރު ނަންބަރު 12381، ޙުސައިން ހިލްމީ (46އ) އާއި ވ. ރާހި، މުޙައްމަދު ބާޤިރު (48އ) އެވެ.

ފުލުހުން ވިދަޅުވީ، ސިވިލް ކޯޓަށާއި ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށާފައިވާކަމަށެވެ.

ޙުސައިން ހިލްމީ ހޯދަމުންދަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 11 ވަނަ ދުވަހުގެ 10:00 އަށް މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމުގައި ފުލުހުން ވަނީ ވިދާލުވެފައެވެ.

މުޙައްމަދު ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 12 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ.

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުންމަށް ފުލުހުން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!