އިނގިރޭސި ސަފީރު އައްޑޫގެ އިމާމުންނާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ އައްޑޫސިޓީގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިނގިރޭސި ސަފީރުގެ މިބައްދަލުވުމަކީ އިމާމުންގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމަޢުގައި އެމީހުންގެ ދައުރު އަދާކުރާގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

މިބައްދަލުމުގައި ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ސަފީރު މަޢުލޫމާތު ހޯއްދެވިއެވެ. އަދި އެފަދަ ޒުވާނުން ރަނގަޅު މަގަށް ގެނެސްދިނުމުގައި އިމާމުންގެ މަސައްކަތާ ގުޅޭގޮތުންވެސް ސުވާލުކުރެއްވިއެވެ.

ރޮސްލާ ވިދާޅުވި ގޮތުގައި މުސްލިމުންގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ކަންކަން އެއީ ހަގީގީ އިސްލާމް ދީން ނޫންކަން ބުނެދިނުމުގައި އީމާމުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އެކަމަށްޓަކައި މީޑިއާތަކުންވެސް ރަނގަޅު ގޮތުގައި ރިޕޯޓުތައް ގެނެސްދިނުން މުހިންމު ކަމަށް އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ. އަދި ތަފާތު ފިކުރުތައް ދެނެގަނެ އެއްކޮށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވި އެވެ.

އިމާމުންނާއެކު ބޭއްވެވި މިބައްދަލުވުމަށްފަހު އެކަމަނާ ވަނީ މިސްކިތަކަށް ވަޑައިގެން މިސްކިތް ބައްލަވާލައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!