ލައިސަންސް ހޯދައިގެން ނޫނީ ޓީޗަރުކަން ނުކުރެވޭގޮތް ހަދަނީ

ރެޖިސްޓްރީކޮށް ލައިސަންސް ހޯދުމަކާ ނުލައި ޓީޗަރުންނަށް ކިޔަވައި ނުދެވޭނެ ގޮތް ހަދައި، ތައުލީމީ ދާއިރާގެ ގިނަ ކަންކަން ގާނޫނުގެ ތެރެއަށް ލުމަށް ތައުލީމީ ބިލްގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އެ ބިލުގައި ލާޒިމުކޮށްފައިވަނީ ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރެޖިސްޓްރީ ކުރުމަށެވެ. އެގޮތުން ތައުލީމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

‎ޓީޗަރުން ރަޖިސްޓްރީވުމަށް ޓީޗާސް ރަޖިސްޓްރޭޝަންގެ ނަމުގައި ކައުންސިލެއް ހަދަންޖެހެއެވެ. އެއީ މި ގާނޫނަށް [ތައުލީމުގެ ގާނޫނަށް] އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައެވެ.

‎ތައުލީމުގެ ބިލު ފާސްވެ ގާނޫނަށްކަށްވެސް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ކިޔަވައިދޭ ތަންތަންވެސް ގާނޫނާ އެއްގޮތަށް ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

‎ބިލުގައި ލައިސަންސަކާއި ނުލާ ކިޔަވާ ދޭ ތަނެއް ހިންގުމަކީވެސް މަނާ ކަމެކެވެ. އެހެންނަމަވެސް ލައިސަންސްއަކާ ނުލައި ކިޔަވައި ނުދެވޭނެ ތަންތަނުގެ ތެރޭގައި ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތަކާއި، ނާސަރީ އަދި ބޭބީ ނާސަރީ އާއި ޕްރީސުކޫލުތަކުގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ޓިއުޝަން ކްލާސްތައް ހިމެނެއެވެ.

  1. މަޖިލިސް މެމްބަރުކަންވެސް ވޯޓުލުމުގެ ކުރިން ލައިސަންސް ލިބި ނޮމިނޭޓްކުރެވޭގޮތް ހަދަންފެނޭ

    0
    0
  2. މިސްކިތްތައްވެސް އިމާމުންވެސް ލައިސަންސް ނަގާގޮތަށް ބިލެއް ހަމާ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!