މާލޭ މަގުމަތީ އެކަނި އުޅުނު 2 އަހަރުގެ ކުއްޖަކު މައިންބަފައިންނާއި ހަވާލުކޮށްފި

މިއަދު ޗާންދަނީ މަގުގައި އެއްވެސް މީހަކާ ނުލައި އުޅުނު ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީ އެކުއްޖާގެ މައިންބަފައިންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މިއަދު މާލޭގައި ޗާންދަނީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ބެލެނިވެރިޔަކުނެތި އުޅުނު 2 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ބެލެނިވެރިޔާ، އެވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ އެސްއޯ ފުލުހުން ގެ އެހީތެރިކަމާއެކު ހޯދައި އެ ކުއްޖާ ބެލެނިވެރިޔާއާއި ހަވާލުކޮށްފައިވާކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި އެކުދިންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ގޮވައިގެން އުޅޭއިރު އެކުދިންގެ އަތުގައި މަގުގެ އެއްފަޅިން ހިނގުމަށާއި، އެކުދިންނަށް މަގުގެ ޕޭމެންޓާ ވީފަޅި އިހްތިޔާރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ކަންކަން ކޮށް ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ސަރވިސް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

  1. ވަރަށް މަޖާ ކަމެއް ތީ ހާދަހާ ކުދީން ގިނަ ވެއްޖެއޭ ދޯ މަގުމަތީން ހޮވަން ވެސް ލިބޭ ވިއްޔަ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!