ގިނަ އަދަދެއްގެ ފަތުރުވެރިން ތިބި ސަފާރީއެއް ގިރިއަކަށް އަރައިފި

ގިނަ އަދަދެއްގެ ފަތުރުވެރިން ތިބި ސަފާރީއެއް ގިރިއަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ހަވީރު ސަފާރީއެއް ގިރިއަކަށް އެރިއިރު އެ ސަފާރީގައި 22 ފަތުރުވެރިން ތިބި ކަމަށެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ “އިރުވައި” ނަމަކަށް ކިޔާ ސަފާރީއެއް އދ.މޫފުށީގެ އިރު ދެކުނުން 4.7 ނޯޓިކަލް މޭލު ބޭރުގައި އޮތް ގިރިއަކަށް އަރާފައިވާ ކަމަށެވެ. އަދި އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:35 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!