މަސްތުވާތަކެއްޗާއެކު 2 މީހަކު އުނގޫފާރުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި  މަސްތުވާތަކެއްޗާއެކު ދެ މީހަކު އުނގޫފާރުން ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިންގެން އުނގޫފާރަށް ދަތުރުކުރާ ބޯޓަކުން އުނގޫފާރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ނޮވެމްބަރ 28 ވަނަ ދުވަހުގެރޭ 21:30 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ.

މި އޮޕަރޭޝަނުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެތަކެއްޗާ ހަވާލުވުމަށް ބޯޓަށް އެރި ވަގުތު ބޯޓު ތެރެއިންނެވެ. އެދެމީހުން ހައްޔަރުކޮށް ބަލާފާސްކުރިއިރު އެދެމީހުން ގެންގުޅުނު ފޮށިގަނޑެއް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 139 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެގެއްޓުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައވެ.

މިމައްސަލަ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީގް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!