ޕިން އަނގަޔަށް ނުލުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

އެއްވެސް ސަބަބަކާ ހުރެ ބުރުގަލަށް ޖަހާ ޕިން އަނގަޔަށް ނުލުމަށް އިންދުރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.


އައިޖީއެމްއެޗުން ބުނީ ރާއްޖޭގައި ބުރުގަލަށް ޖަހާ ޕިން އަނގަޅަށް ލުމުގެ ސަބަބުން އެތައް ހާދިސާތަކެއް ހިނގާފައިވާކަމަށެވެ. އެގޮތުން އެއްވެސް ސަބަބަކާ ހުރެ ބުރުގަލަށް ޖަހާ ޕިން އަނގަޔަށް ނުލުމަށް އެހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

އައިޖީއެމްއެޗުން އިއްޔެ ވެސް ވަނީ އުމުރުން 19 އަހަރުގެ އަންހެނެއްގެ ބަނޑުގައި ހަރުލާފައި އިން ބުރުގާގައި ޖަހާ ޕިނެއް ސާޖަނުން އަނެއްކާވެސް ނަގައިފި އެވެ.

އައިޖީއެމްއެޗުގެ ސާޖަނުން އެ ޕިން ނަގާފައި ވަނީ ޔޫޖީއައި އެންޑޮސްކޮޕީ މެދުވެރިކޮށެވެ.

  1. ސާބަސް. މީހަކު ތިކަމުގަ މަރުވީމަ ނޫނީ ދިވެހިންގެ ލޮލެއް ނުހުޅުވޭނެ. އަތުން ލާރި ނުދާތީ ނުވިސްނަނީ

    0
    0
  2. ިހިސާބަށްތުރެ މީހުން ގަމާރީ. ނޫނީ ހުސްނުވާ އާސަންދައިން ހުރިހާކަމެއް ކުރެވޭތީ ފަރުވާކުޑަ ކުރަނީ. އަތުން ރުފިޔާ ދާނަމަ ސަމާލުވާނެ. މީހަކު މަރުވީމަ ނޫނީ ދިވެހިން ހެޔެއް ނާރާނެ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!