ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ނާޝިޒް

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާކުރެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ހަމަޖައްސައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފަކުރާ ބަޖެޓްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ އަންގާރަދުވަހުގެ ރެއެވެ. މިބައްދަލވުމުގައި ކޮމިޓީގެ މުޤައްރުރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮސްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ މަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ރަސްމީކޮށް ހުށަހެޅުއްވީ އިއްޔެއެވެ. އެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަކެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، 2020ގެ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށާއި ބަޖެޓު އޮތް ގޮތަށް ފާސް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!