ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރެން މަސައްކަތްކޮށްފި

މާލޭގައި މިއަދު މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރެން މަސަައްކަތް ކުރުމަށް ފަހު އެ މީހާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ މާފަންނު ޝަހީދު އަލީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ، ފޭރެން އުޅުނު މައްސަލައެއް މިއަދު މެންދުރު ރިޕޯޓް ކުރި ކަމަށެވެ.

އެ ސަރަހައްދަށް ފުލުހުން ގޮސް ބެލިއިރު، ބިދޭސީ މީހާގެ ކަނާތުގެ އިނގިއްޔަކާއި ބުރަކަށިން ބައެއް ތިލަކޮށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. ފުލުހުން ދިޔައިރު ބިދޭސީ މީހާއަށް ހަމަލާ ދިން މީހުން އެ ތަން ދޫކޮށް ފިލައިފި އެވެ.

މި މައްސަލައިގެ ތުހުމަތަށް އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!