އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފައިވާ މި އެލާޓްގައި ބުނެފައިވަނީ މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭނެ ކަމަށެވެ. އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 13:30 އިން 17:30 އަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށާއި، އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި އަދި އެހެން ހިސާބު ތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!