ނާމް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި

ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ އަބްދުލްޢަފޫރް މުހައްމަދު ފުރާވަޑައިގެންފިއެވެ.

އޮކްޓޯބަރު 25 އިން 26 އަށް އޮންނަ 18ވަނަ ނާމް ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަޒަރްބައިޖާންގައެވެ.

މި ސަމިޓްގައި 120 ގައުމަކުން ބައިވެރިވާއިރު، މި މަހުގެ 21 -22 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަމިޓް ކުރިޔަށް ދާގޮތް މަޝްވަރާކުރުމަށް އިންތިޒާމްކުރާ އިސްފަރާތްތަކުގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ.

މީގެ އިތުރުން މި މަހުގެ 23 އަދި 24 ވަނަ ދުވަހު ގައުމުތަކުގެ އިސްފަރާތްތަކާއިއެކު މަޝްވަރާގެ ބައްދަލުކުރެއްވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނޮން އެލައިންޑް މޫވްމަންޓަކީ ދުނިޔޭގެ ބާރުތައް ހިއްސާކުރުމާ ގުޅޭގޮތުން ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އެމެރިކާއާއި ސޯވިއެޓް އިއްތިހާދާ ދެމެދު ހިނގައިދިޔަ އަރާރުންތަކުގެ ތެރޭގައި ފިތިބާރުވާންޖެހި އެކަމުގެ ހިތްހަމަނުޖެހުމުގައި، އެއްވެސް ފަރާތަކަށް ނުޖެހި ތިބުމަށް 1961 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!