ފޮޓޯ؛ ގޫގުލް

ސީޕީ ހަމީދަށް މަރުގެ އިންޒާރުދޭ މައްސަލަ ބަލަނީ

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަރުގެ އިންޒާރުދޭ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދަށް މަރުގެ އިންޒާރުދީ ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ޕޯސްޓުތައް ކުރަމުންދާއިރު ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިޔާގައި އެހެން މީހުންނަށް އިންޒާރުދޭ މައްސަލަތައް ވެސް ބަލަމުން އަންނަ އުސޫލުން ސީޕީ ހަމީދަށް އިންޒާރުދޭ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގައި މީގެކުރިން ސީޕީ ހަމީދު މަސައްކަތް ކުރެއްވި ކަމަށް ބުނެ އެމަނިކުފާނުގެ އިސްތިއުފާ އަށް ވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި އަންނަނީ ގޮވާލަމުންނެވެ.

“ސީޕީ ފުލުހުންގެ ވަޒީފާއިން ދުރުގައި ހުންނެވި ދުވަސްވަރު، އަމިއްލަ ހައިސިއްޔަތުން އެމްޑީއެން ގައި ވަރަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވޭ” ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ތަހުގީގު ކުރަމުންދާ އެމްޑީއެން ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ވެސް ސީޕީ ބައިވެރިވެ ވަޑައިގެންފައިނުވާ ކަމަށާއި އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދު ވެސް އަދި ފުލުހުންވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!