ހަލާލް ފަތުރުވެރިކަމާއި ބެހޭގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކޮންފަރެންސް އިސްލާމީކް ސެންޓަރުގައި ފަށައިފި

މަހަލްދީބް ފައުންޑޭޝަންގެ “ޕްލެޓްފޯމް ފޯ އިންޖިނިއުޓީ އެންޑް އެންލައިޓްމަންޓް (ޕައި)” އާއި އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބާއްވާ އެންލައިޓެން ކޮންފަރެންސް އިސްލާމީކް ސެންޓަރުގައި މިއަދު ފަށައިފިއެވެ.

47 ބައިވެރިންނާއިއެކު ފެށި މި ކޮންފަރެންސަކީ ހަލާލް ފަތުރުވެރިކަމާއި ބެހޭގޮތުން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ކޮންފަރެންސެވެ.

“އެންގޭޖް ދަ އަންޓެޕްޑް”،ގެ ނަމުގައި މިއަދު މި ފެށި ކޮންފަރެންސްގައި އިސްލާމިކް ޓޫރިޒަމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ބޭފުޅުން ތަގުރީރްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެހެންމެ “ކޮންވެންޝަނަލް ޓޫރިޒަމް އާއި އިސްލާމިކް ޓީރިޒަމް” އާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަންއެއް މިއަދު ހަވީރު 16:00 ގައި ފެށޭނެކަމަށްވެސް “ޕައި” އިން މައުލޫމާތު ދެއެވެ.

މި ޕެނަލް ޑިސްކަޝަންގައި ޕެނެލިސްޓުންގެ ތެރޭގައި ހިމެނެނީ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، މޯލްޑިވްސް ގޭޓްވޭސް އަދި އޯއާރްސީ މީޑިޔާ ގްރޫޕްގެ ސީއީއޯ އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް ޕްރޮފެޝަނަލަސްގެ ރައީސް ޑރ. ހުސައިން ސަނީ އުމަރު، ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް އަދި ޝެއިހް އާދަމް ނިޝާނެވެ.

ހަލާލް ފަތުރުވެރިކަމަކީ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!