2 އަހަރަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުން ދަތުގެ ފަރުވާ އަނެއްކާ ވެސް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ދެމުންދިޔަ ދަތުގެ ފަރުވާ ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު އަނެއްކާ ވެސް ފަށައިފިއެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ ޚަދީޖާ ޢަލީއާއި ޙަވާލާދީ “ސީއެންއެމް” ނޫހުގައި ބުނެފައިވަނީ، ބުދަ ދުވަހުން ފެށިގެން ދަތުގެ ފަރުވާ އެހޮސްޕިޓަލުން ދެމުން އަންނަކަމަށާއި، އެހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ދަތް އުފުރުމާއި ސްކޭލިން އަދި ފުޓުނި އެޅުމުގެ ޚިދުމަތްވެސް ހިމެނޭ ކަމަށެވެ.

މީގެއިތުރުން ރޫޓް ކެނަލްގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެއްޓިގެން ދާނެކަމަށް ޚަދީޖާ ވިދާޅުވި އެވެ.

އަދި މިޚިދުމަތްތައް ހެނދުނު އަދި މެންދުރުފަހުގެ އޯޕީޑީގައި ދެމުން އަންނާނެކަމަށް ޚަދީޖާ ވިދާޅުވެފައިވާއިރު، ކޮންމެ ދުވަހަކު ވެސް 30-40 އާ ދެމެދުގެ އަދަދަކަށް މީހުން އެ ހިދުމަތްތައް ހޯދަމުން އަންނަ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!