ރައީސްގެ ދެކަނބަލުން ޖަޕާނަށް ވަޑައިގެންފި

ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޭ ފުރާވަޑައިގެންފިއެވެ.

މިމަހުގެ 20 އިން 26 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަޕާނުގެ އައު އެންޕެރަރ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

ޕާނަކީ އދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މުހިންމު ބައިވެރިއަކަށްވުމުން ބައިނަލްއަޤްވާމީ އެކިއެކި މައިދާނުގައި ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ އިތުރުން ރާއްޖެއާ ޖަޕާނަކީ ބައިނަލްއަޤްވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ޤައުމުވެސް މެއެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު 14 ނޮވެންބަރު 1967ގައި ސިޔާސީ ގުޅުން ޤާއިމުކުރިފަހުން ވޭތުވެދިޔަ ބައިގަރުނަށްވުރެ ގިނަ އަހަރުވީ މިގުޅުމުގައި ދެޤައުމުން ވަނީ އެކިއެކި ރޮނގުތަކުން މި ގުޅުން އިތުރަށް ބަދަހި ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!