ތަކަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށައިފި

ހއ. ތަކަންދޫގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ތަކަންދޫގައި ލެބޯޓަރީ ޚިދުމަތް ދޭން ފަށަން އެ ރަށުގެ ހެލްތު ސެންޓަރު ބޭއްވި ރަސްމިއްޔާތެއްގައި ލެބޯޓަރީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ތަކަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށީ އެ ރަށުގައި ސިއްހީ މަރުކަޒެއްގެ ހިދުމަތް ފެށިތާ 15 އަހަރު ފަހުންނެވެ.

އާބާދީގައި 934 މީހުން އުޅެމުން އަންނަ ތަކަންދޫ މީހުން މީގެ ކުރިން ލެބޯޓްރީގެ ހިދުމަތް ހޯދަމުން އައީ ހއ. ދިއްދޫ ނުވަތަ ހދ. ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުންނެވެ.

އެހެންކަމުން، އަމިއްލަ ރަށުން އެ ހިދުމަތް ލިބިގެންދިޔުމަކީ އެރަށުގެ ރައްޔިތުންނަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ތަކަންދޫގެ އިތުރުން ހއ. އަތޮޅުގައި ލެބޯޓްރީގެ ހިދުމަތް މިހާރު ލިބެމުން އަންނަނީ އިހަވަންދޫ އާއި ހޯރަފުށި އަދި ބާރަށާއި ތުރާކުނުގެ އިތުރުން ކެލާ އަދި ފިއްލަދޫ ސިއްހީ މަރުކަޒާއި އުލިގަމު ސިއްހީ މަރުކަޒުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!