ގެއެއް ބަލައިފާސްކޮށް މަސްމަރާ ބަޑިއެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ލ. ގަމު، ތުނޑިއަވަށުގެ ގެއެއް ބަލައިފާސްކޮށް މަސްމަރާ ބަނޑިއެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

މަސްމަރާ ބަޑިއެއް ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެގޭގައި ހުރި ގަރާޖު ކޯޓު އަމުރެއްގެ ދަށުން މިއަދު ބަލައިފާސްކުރިއިރު، އަމިއްލައަށް ހަދާފައިވާ މަސްމަރާ ބަޑިއެއް ފެނިފައިވެއެވެ.

މަސް މަރާ ބަޑިއަކީ ޤާނޫނު ނަމްބަރު 75/4 ގެ ދަށުން، ހުއްދަ ނެތި ރާއްޖެ އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!