އަނެއްކާވެސް ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެއް ހޯދަން އުޅެފި

މާލޭގައި އަނެއްކާވެސް ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެއް ހޯދަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މާފަންނަނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:14 ހާއިރު ލިބިގެން ފުލުހުން ހަރަކާތްތެރި ވި ކަމަށެވެ.

އެއާއެކު ފުލުހުން އެގެއަށް ގޮސް އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ މި މަސް ތެރޭގައި މާލޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!