ފޮޓޯ؛ގޫގުލް

ޕީޖީ ވަކިކުރުމުގެ މައްސަލަ ކޮމިޓީން ބާތިލްކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އެމަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ނިންމި ނިންމުން ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން ރައްޔިތުން މަޖިލީހުގެ ރައީސަށް އެންގުމަށް އެ ކޮމެޓީން ފާސްކުރީ އިއްޔެއެވެ. ނަމަވެސް އެ ނިންމުން މިއަދު ބާޠިލްކުރީ އެ ކޮމެޓީން ބޭއްވި ބައްދަލުވުގައިއެވެ.

ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމި ނިމުން ބާޠިލްކުރި ބައްދަލުވުގައި ބިޝާމް ވަކިކުރަން ކޮމެޓީއަށް ހުށައެޅި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހިމެނިވަޑައިއެއްނުގަންނަވައެވެ. އެ ނިންމުން ބާޠިލްކުރަން މެމްބަރުން ނިންމީ އެ މައްސަލަ ހުށައެޅުމަށް އޮންނަ އުސޫލުން ބޭރުން މައްސަލަ ހުށައަޅާފައިވާ ކަމަށް މެމްބަރުނަށް ޤަބޫލު ކުރެވޭ ކަމަށް ވިދާޅުވެއެވެ.

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަކިކުރުމަށް ސިރާޖު ހުށައަޅަން ނިންމި ނިންމުމަށް ތާއީދު ކުރެއްވީ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!