ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން، ބަނގުރާފުޅި ތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބަނގުލަދޭޝް މީހެކެވެ. ފުލުހުން ވިދާޅުވީ އޮކްޓޯބަރ 16 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 19:52 އެހާކަންހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު ދަބަހެއް ހިފައިގެން އުޅުނު އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ހަ ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!