ބީއެމްއެލް އިން ރާއްޖެ އަށް މާސްޓަރ ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް މާސްޓަރކާޑް ތައާރަފް ކޮށްފިއެވެ.

މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި، މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތަކެއްް ވަނީ ތައާރަފް ކޮށްފައެވެ. މީގެ ތެރޭގައި މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓަރކާޑް ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ.

އަލަށް މި ތައާރަފް ކުރެވުނު މާސްޓަރކާޑް އަދި މިހާރު ބޭނުންކުރެވޭ ހުރިހާ މާސްޓަރކާޑް ޕްރޮޑަކްޓްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑުތަކެކެވެ. މާސްޓަރކާޑް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ ޢަލީ ހާޝިމް އެވެ.

މި ރަސްމިއްްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ދިވެހިރާއްޖޭގައި ޑިޖިޓަލް ބޭންކިންގގެ އެންމެ ކުރީގައި ބޭންކް އޮފް މޯލްޑިވްސް ފައިތިލަ ސާބިތުކޮށްފައިވާކަމީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. ބީއެމްއެލް އާއި މާސްޓަރކާޑަކީވެސް ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި އެންމެ ޒަމާނީ އުފެއްދުންތަކާއި ޚިދުމަތްތަކަށް އިސްކަންދޭ ފަރާތްތަކަށްވުމުން، މި ގުޅުމާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާ އަދި ރާއްޖެއަށް މާސްޓަރކާޑްއިން ކަނޑައަޅުއްވާފައިވާ ކަންޓްރީ މޭނޭޖަރ، ރ.ބ. ސަންތޯސް ކުމާރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތައް ގެނެސްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!