ޖަސްޓިސް ބިލްޑިންގުގެ އޭސީއެއްގެ އައުޓްޑޯ ޔުނިޓް ވަގަށް ނަގައިފި

ޖަސްޓިސް ބިލްޑިންގެ އޭސީ އައުޓްޑޯ އެއް ވަގަށް ނަގައި އެ ވިއްކަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޖަސްޓިސް ބިލްޑިންގައި ހަރުކޮށްފައިހުރި އޭސީ އެއްގެ އިންވާޓާ ވަގަށް ނައްޓާލައިގެން އެ ވިއްކަން ބާޒާރުމަތީގައި އުޅުނު ދެ މީހަކު މިއަދު ހެނދުނު 6:59 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭސީ އައުޓްޑޯގެ ފޮޓޯ އާއެކު ފުލުން ކުރި ޓްވީޓުގައި ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 45 އަހަރުގެ މީހަކާއި 50 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!