މީޑިއާ ކައުންސިލްގެ މެންބަރު ކަމުން ޝީރީން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުސިލް (އެމްއެމްސީ)ގެ މެންބަރު ކަމުން ޝީރީން ނާހިދާ ލަތީފް އިސްތިއުފާ ދެއްވައިފި އެވެ.


އެމްއެމްސީގެ ސެކްރެޓަރީ ޖެނަރަލް ވިދާޅުވީ ޝީރީން އިއްޔެ އިސްތިއުފާ ދެއްވާފައިވާތީ އެމްއެމްސީގެ ކައުންސިލްގެ ބައްދަލުވުމަކަށް ފަހު އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.

ޝީރީން މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ހޮވިފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު ބަހު ބޭއްވި އިންތިހާބުގަ އެވެ. އެ އިންތިހާބުގައި ޝީރީން އާއެކު އިތުރު 14 މެންބަރުން ވަނީ އެމްއެމްސީ އަށް ހޮވާފަ އެވެ.

މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރަނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުގެ މެދުގައި ވޯޓުލައިގެންނެވެ.

އެމްއެމްސީގައި ހިމެނޭ 15 މެންބަރުންގެ ތެރެއިން 8 ބޭފުޅުންނަކީ މީޑިއާ ތަކަށް ނިސްބަތްވާ މެންބަރުންނެވެ. އަދި އަނެއް ހަތް މެންބަރުންނަކީ އާންމު ރައްޔިތުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!