އުމުރާވެރިން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ 35 މީހަކު ނިޔާވެއްޖެ

ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމުރާގެ މަތިވެރި އަޅުކަން އަދާ ކުރަން ދިޔަ ބަޔަކު ގޮވައިގެން ދިޔަ ބަހެއް މަދީނާގެ ބޭރުން އެކްސިޑެންޓުވެ ބަހުގައި ތިބި 35 އުމުރާވެރިން ނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މައްކާ-މަދީނާ ހައިވޭގައި ދަތުރު ކުރަމުން ދިޔަ ބަހެއް މުދާ އުފުލާ ވެހިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވި އިތުރު ހަތަރު މީހަކަށް ދަނީ އަލްހަމްނާ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ސައުދީ އޮފިޝަލުން ބުނެފައިވަނީ ނިޔާވި އުމުރާވެރިންނަކީބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

ސައުދީގެ އޮފިޝަލުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!