ކެމިކަލް އެތެރެކުރުމުގެ ހުއްދަ އަލުންދީފި

ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ހުއްދަ އަލުން ދޭން ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއާއި ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލިކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ސަރުކާރުން މިކަމަށް ޚާއްސަކޮށްގެން ޤަވާއިދެއް އެކުލަވާލައި ޝާއިއު ކުރެވިފައި އޮތުމުންކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދެއް މިހާރު އެކުލަވާލައި އާންމު ކޮށްފައި އޮތުމުން ރައްކާތެރި ކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!